ދެކައުންސިލް ގުޅިގެން ކުޅުދުއްފުށީގައި ޢިމާރާތްކުރާ އެޕާރޓްމަންޓްގެ މަޝްރޫޢު ފަށައިފި

ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލް ގުޅިގެން އިމާރާތްކުރާ 2 ކޮޓަރީގެ އެޕާޓްމަންޓްގެ މަޝްރޫއުގައި ސޮއިކޮށް، އިމާރާތުގެ ބިންގާ އަޅައިފި އެވެ.

ހދ އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން، ކޮންމެ ރަށެއްގައިވެސް ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުއެކެވެ. މިމަޝްރޫއުގެ ބޭނުންމަކީ ރަށު ކައުންސިލުތަކުގެ މާލިއްޔަތަށް ފައިސާ އިތުރުކުރުމެވެ.
މިމަޝްރޫއު ފެށުމުގެ ގޮތުން 08 ފެބްރުއަރީ 2018 ވީ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު އާތިފެވެ. ކުޅުދުއްފުށީ ކައުންސިލްގެ ފަރާތުން ސޮއެކުރެއްވީ އެރަށު ކައުންސިލްގެ ރައީސް އަލްފާޟިލް އަބުދުލްލަތީފް ހަސަން އެވެ. ދެ ކޮޓަރި އެޕާޓްމަންޓްގެ ބިންގާވެސް އަޅުއްވާދެއްވީ މި ދެ ބޭފުޅުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އަހުމަދު އާތިފް ވިދާޅުވީ މާލީ ދަތިތަކާ ހުރެ ކައުންސިލްގެ މަސައްކަތްތައްވެސް ކުރަން އަތޮޅު ކައުންސިލަށް އުނދަގޫވެފައިވާ ކަމަށާއި، މި މަޝްރޫއުއަކީ ހދ އަތޮޅު ކައުންސިލްގެ ބެލެނިވެރިކަމުގައި ހުރި ކައުންސިލްތަކުގެ މާލިއްޔަތު އިތުރު ކުރެވޭގޮތްތަކެއް ހޯދާދިނުމުގެ ބޭނުމުގައި ކުރިއަށްގެންދަން ފެށި މަޝްއޫރުއެއް ކަމަށެވެ.
ދެ ކޮޓަރީގެ މިމަޝްރޫއުއަށް އަތޮޅު ކައުންސިލުން 175،000ރ ޚަރަދު ކުރުމަށް ހަމަޖެހިފައިވާ އިރު، ކުޅުދުއްފުށީ ކައުންސިލުން ތިންލައްކަ ރުފިޔާ މިޕްރޮޖެކްޓަށް ހަރަދުކުރެވިގެންދާނެ އެވެ. ވޭވްލައިނާ ހަވާލުކުރެވިގެން ކުރިއަށްގެން މިމަޝްއޫރު 2 މަސްދުވަހުގެ ތެރޭގައި ނިންމާ ކައުންސިލާ ހަވާކުރަން ޖެހޭނެއެވެ. ދެ ކޮޓަރީގެ މިއެޕާޓްމަންޓް އިމާރާތްކުރާނީ ކުޅުދުއްފުށީ މާވާގެ ކައިރީގައި އޮންނަ ހުސް ބިމުގައެވެ.

ކުޅުދުއްފުށީގެ އިތުރުން މިމަޝްރޫއު ވަނީ ނެއްލައިދޫ އާއި ކުމުންދޫގައި ފަށާފައި އެވެ. މިމަޝްރޫއުގެ ދަށުން މިދައުރުގައި ހދ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށުގައި ތަރައްގީގެ މަޝްރޫއުއެއް ހިންގާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *