ނޭކުރެންދޫގެ އެޕާރޓްމަންޓް މަޝްރޫޢު އިފްތިތާޙު ކޮށްފި

ހދ.އަތޮޅު ކައުންސިލާއި ނޭކުރެންދޫ ކައުންސިލް ގުޅިގެން އެރަށުގައި ޢިމާރާތްކުރާ 1 ކޮޓަރީގެ އެޕާޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފިއެވެ.

މިކަމަށްޓަކައި، 14 ފެބްރުއަރީ 2018 ވީ ބުދަދުވަހު ނޭކުރެންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި މިރަސްމިއްޔާތުގައި މި މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް މުޙައްމަދު ވަސީމާއި ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް މައޫޒެވެ.

މިރަސްމިއްޔާތުގައިވަނީ މި މަޝްރޫޢު ކުރިއަށް ގެންދިޔުމަށް ހދ.އަތޮޅު ކައުންސިލާއި ނޭކުރެންދޫ ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހދ.އަތޮޅު ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ނާއިބު ރައީސް އަލްފާޟިލް މުޙައްމަދު ވަސީމެވެ. ނޭކުރެންދޫ ކައުންސިލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް އިބްރާހީމް މައޫޒެވެ.

ހދ.އަތޮޅުކައުންސިލްގެ ނާއިބުރައީސް މުޙައްމަދު ވަސީމް މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އަތޮޅު ކައުންސިލްގެ ވިސްނުމަކީ ރަށުކައުންސިލްތަކުގެ މާލިއްޔާއަށް ފައިސާ އިތުރުވާނެ މަގުތަކެއް ފަހިކޮށްދިނުންކަމަށާއި މިއަދު މި އިފްތިތާޙްކުރެވޭ މަޝްރޫޢުގެ ސަބަބުން ނޭކުރެންދޫ ކައުންސިލްގެ މާލިއްޔާއަށް ފައިސާ އިތުރުވެގެން ދާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި ނޭކުރެންދޫ ކައުންސިލުން އަތޮޅު ކައުންސިލާ ދެމެދު ބާއްވާ ގާތް ގުޅުމަށް ވަސީމް ވަނީ ޝުކުރުއަދާކުރައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނޭކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް މައޫޒު ވިދާޅުވީ ކައުންސިލަށް އާމްދަނީ ލިބޭނެ މިފަދަ ކަމެއް ކުރުމަކީ އެންމެ ކުރިން ފެށިގެންވެސް ވިސްނެވި ކަމެއްކަމަށާއި، މިކަމުގެ ސަބަބުން އެއްފަހަރާ ބޮޑު އެއްޗެއް ނުލިބުނުކަމުގައިވިޔަސް ދުރު މުސްތަޤުބަލެއްގައި ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. އަދި މަކުނުދޫ ދާއިރާގެ އަތޮޅު ކައުންސިލް މެމްބަރ ނޭކުރެންދޫ ކައުންސިލާ ބާއްވާ ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން ނޭކުރެންދޫ ކައުންސިލްގެ ރައީސްވަނީ މި އެޕާޓްމަންޓް ނިންމާ ހުޅުވުމުގެ ކުރިން އެތަނަށް ކިޔާނެ ނަމެއް ހުށައެޅުމަށް އާއްމު ރައްޔިތުންނަށް ހުޅުވާލާފައެވެ.

މި މަޝްރޫޢުގެ ކޮންޓެކްޓަރާއި ނޭކުރެންދޫ ކައުންސިލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުންވެސް މިރަސްމިއްޔާތުގައި އޮތެވެ. ނޭކުރެންދޫ ކައުންސިލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ނާއިބުރައީސް އަލްފާޟިލް ޢަލީ އާދަމެވެ. ކޮންޓްރެކްޓަރ، ދަ ވޫޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ އަލްފާޟިލް މަމްދޫހް ޢަބްދުއްޝަކޫރެވެ.

މި މަޝްރޫޢަކީ ހދ.އަތޮޅު ކައުންސިލުން އެއްލައްކަ ހަތްދިހަ ފަސްހާސް ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. އަދި ބާކީ ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ނޭކުރެންދޫ ކައުންސިލުންނެވެ.

މިރަސްމިއްޔާތުގައި ހދ.އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، ނޭކުރެންދޫ ކައުންސިލްގެ މެމްބަރުން، ހދ.އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާއާއި އިދާރީ މުވައްޒަފުން އަދި ނޭކުރެންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ނޭކުރެންދޫ މުއައްސަސާތަކުގެ މުވައްޒަފުންގެ އިތުރުން ބައެއް އާއްމު ރައްޔިތުން ބައިވެރި


ފޮޓޯ އަލްބަމް: ނޭކުރެންދޫ އެޕަރޓްމަންޓްގެ މަސައްކަތް އިފްތިތާޙު ކުރުން

Leave a Reply

Your email address will not be published. Required fields are marked *