އިޢުލާނު: ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަށް ބައިވެރިން ނެގުމަށް ބާއްވާ ހދ.އަތޮޅު ހޮވެލި
ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ ޤުރުއާން މުބާރާތުގެ އާންމު ބައިގެ ހދ.އަތޮޅު ކައުންސިލް ޓީމުގެ ބައިވެރިން ނެގުމަށް ބާއްވާ ހޮވެލި (އޮޑިޝަން) 18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގައި ހދ.އަތޮޅު ކައުންސިލްގައި އޮންނާނެއެވެ. މި ހޮވެލީގައި ބައިވެރިވެވޭނީ ޢުމުރުން 7 އަހަރާއި 65 އަހަރާ ދެމެދުގެ ފަރާތްތަކަށެވެ.
ވީމާ، މިހޮވެލީގައި ބައިވެރިވާން ބޭނުންވާ ބޭފުޅުން އައިޑީ ކާޑު ހިއްޕަވައިގެން 18 އޮގަސްޓް 2019 ވާ އާދިއްތަ ދުވަހުގެ 14:00 އަށް ހދ.އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ.
ގެޒެޓްގެ ލިންކް: http://gazette.gov.mv/iulaan/view/109362