ކޮވިޑް 19 އާ ގުޅިގެން، ހދ.އަތޮޅު ސްޓޭޓް ހައުސް އަދި ރަށްވެހިގެ ދޫކުރުމަށް ނިންމައިފި

ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން، ހދ.އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭނުންވެއްޖެ ހިނދެއްގައި، ހދ.އަތޮޅު ސްޓޭޓް ހައުސް، އައިސޮލޭޝަން ފެސިލިޓީއެއްގެ ގޮތުގައި ދޫކުރުމަށް ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ، 06 މެއި 2020 ގައި ވީޑިއޯކޮންފަރެންސް މެދުވެރިކޮށް ބޭއްވުނު، ހދ.އަތޮޅު ކައުންސިލްގެ 140 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

މީގެ އިތުރުން ކުޅުދުއްފުށި ލޮކްޑައުންކޮށް ނުވަތަ މޮނިޓަރިންގ ގެ ޙާލަތަކަށް އެޗް.ޕީ.އޭ އިން ގެނެސްފި ހާލަތުގައި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކުމަށް އަންނަ ހދ.އަތޮޅުގެ ރަށްރަށުގެ މީހުން ކުޅުދުއްފުށީގައި މަޑުކުރުމަށް، ވަކި އޫޞޫލެއްގެ ދަށުން ހދ. އަތޮޅު ރަށްވެހިގެ ދޫކުރާގޮތަށްވެސް ވަނީ ނިންމަވާފައެވެ.

މިގޮތަށް ހަމަޖައްސަވަފައިވަނީ، ކުޅުދުއްފުށި ލޮކްޑައުން ކޮށް ނުވަތަ މޮނިޓަރިންގ ޙާލަތުގައި ކުޅުދުއްފުށިން މީހުން އަރާ ފޭބުން މަނާވާނެތީއާއި، ބޭސްފަރުވާއަށް އަންނަ ފަރާތްތަކުގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކުރާ ހދ.އަތޮޅުގެ ރަށްރަށުގެ މީހުންގެ އެހީތެރިން، ކުޅުދުއްފުށީގައި ތިބުމުގައި ލުއިފަސޭހަ ގޮތެއް ހަމަޖެއްސެވުމުގެ ގޮތުންނެވެ.

Tags: ,
ފޭސްބުކް