ކައުންސިލުން ނޭކުރެންދޫއަށް ޒިޔާރަތް ކުރައްވައިފި

ހދ.އަތޮޅު ކައުންސިލްގެ މެމްބަރުން ނޭކުރެންދޫއަށް ޒިޔާރަތްކުރައްވައި، އެރަށު ބަނދަރުމަތީގައި ހަދާ، ރަށުގެ ނަން ރަމްޒުކޮށްދޭ ބިނާގެ މަސައްކަތް ބައްލަވާލައްވައިފިއެވެ.

31 ޖަނަވަރީ 2021 ގައި ކުރެއްވި މިދަތުރުގައި، ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަސީމާއި، ކައުންސިލްގެ މެމްބަރ އަލްފާޟިލް ޙުސައިން ޙަސަންއާއި އަލްފާޟިލް އާދަމް ޢަލީ ބައިވެރިވެލެއްވިއެވެ.

މިދަތުރުގައި ނޭކުރެންދޫ ކައުންސިލާ ބައްދަލު ކުރައްވައި، ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، ރަށުގެ ތަރައްޤީއަށް ރޭވިފައިވާ ކަންކަމާއި، ކައުންސިލް ހިންގުމަށް ދިމާވާ ދަތިތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

ފޭސްބުކް