އަތޮޅު ކައުންސިލްގެ މެމްބަރުން ނޮޅިވަރަންފަރަށް ޒިޔާރަތް ކުރައްވައިފި

ހދ.އަތޮޅު ކައުންސިލްގެ މެމްބަރުން ނޮޅިވަރަންފަރަށް ޒިޔާރަތްކުރައްވައި، އެރަށު ބަނދަރުމަތީގައި ހަދާ، ރަށުގެ ނަން ރަމްޒުކޮށްދޭ ބިނާގެ މަސައްކަތް ބައްލަވާލައްވައިފިއެވެ.

31 ޑިސެމްބަރ 2021 ގައި ކުރެއްވި މިދަތުރުގައި، ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަސީމާއި، ކައުންސިލްގެ މެމްބަރ އަލްފާޟިލް ޙުސައިން ޙަސަން ބައިވެރިވެލެއްވިއެވެ.

މިދަތުރުގައި ނޮޅިވަރަންފަރު ކައުންސިލާ ބައްދަލު ކުރައްވައި، ކައުންސިލުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރަށުގެ ތަރައްޤީ އަށް ރޭވިފައިވާ ޙަރަކާތްތަކާއި، ކައުންސިލް ހިންގުމަށް ދިމާވާ ދަތިތަކާބެހޭގޮތުން މަޝްވަރާ ކުރައްވާފައި ވެއެވެ.

ފޭސްބުކް