ހދ. އަތޮޅު ވޮލީބޯޅަ މުބާރާތް ފަށައިފި
ހދ އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން މުޅި އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ ވޮލީބޯޅަ މުބާރާތް ނޮޅިވަރަންފަރުގައި ފަށައިފި އެވެ.
އަންހެން އަދި ފިރިހެން ޑިވިޜަން ވަކީން ކުރިއަށްގެންދާ މި މުބާރާތް ހުޅުއްވައި ދެއްވީ، ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ވަސީމު އަދި ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަލްފާޟިލް އަޙްމަދު ވަހީދެވެ. ފުރަތަމަ މެޗްގައި އަންހެން ޑިވިރަންގެ ނޮޅިވަރަންފަރު ލައިކަން އަދި ހިރިމަރަދޫ ހިރިޒިލް ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބު ކުރީ ލައިކަން އެވެ.
ފިރިހެނުން ގެ ޑިވިޜަން ގައި ޖުމްލަ 6 ޓީމަކުން ބައިވެރި ވެފައިވާއިރު ފިރިހެނުންގެ ޑިވިޜަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. 7 ޓީމު ބައިވެރިވެފައިވާ، އަންހެނުންގެ ޑިވިޜަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެގްރޫޕަކަށް ބަހާލައިގެން، ދެގްރޫޕުން މޮޅުވާ ދެޓީމު ސެމީފައިނަލުގައި ބައްދަލު ކުރާ ގޮތަށެވެ..
މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މާރޗް 28 ގައެވެ.
.