ހދ. އަތޮޅު ކައުންސިލްގެ މެމްބަރުން ހުވާ ކުރައްވައިފި

ހދ.އަތޮޅު ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލްގެ ރައީސާއި މެމްބަރުން ހުވާކުރައްވައިފިއެވެ.

ހދ.އަތޮޅު ކައުންސިލްގެ ކައުންސިލަރުންގެ ހުވާކުރުމުގެ ދަރުބާރު ބޭއްވުނީ، 17 މެއި 2021 ދުވަހުގެރޭ 8:30 ގައި ހދ.އަތޮޅު ސްޓޭޓް ހައުސްގައެވެ.

މިރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް، އަދި ރަށުކައުންސިލްތަކުގެ ރައީސުން ހުވާކުރެއްވީ އޮންލައިން ކޮށެވެ. ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ހދ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ އާދަމެވެ. މިރަސްމިއްޔާތު ތަޢާރަފްކޮށްދެއްވީ ހދ. އަތޮޅު ކައުންސިލް އިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ އަސްޢަދެވެ.

ފޭސްބުކް