ހދ.އަތޮޅު ކައުންސިލްގެ ރައީސް ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓާ ބައްދަލު ކުރައްވައިފި

ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިރާޖު، ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމަންޓާއި ބައްދަލު ކުރައްވައިފިއެވެ.

06 ޖޫން 2021 ގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވުނު މިބައްދަލުވުމުގައި،  ކޮވިޑް 19 ޕެންޑަމިކް ކޮންޓްރޯލްކޮށް މެނޭޖްކުރުމަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ފާހަގަ ކުރައްވާ، ހޮސްޕިޓަލްގެ މެނޭޖްމަންޓަށާއި މުވައްޒަފުންނަށް ވަނީ ޝުކުރު ދަންނަވާފައެވެ.

މީގެ އިތުރުން، އަތޮޅު ތެރޭގައި ސިއްޚީ ޚިދުމަތް ދިނުން ހަރުދަނާ ކުރުމަށް، އެކުގައި މަސައްކަތް ކުރުމަށާއި އަދި ޚާއްޞަކޮށް މެޑިކަލް އެމާޖެންސީ ތަކުގައި ހޮސްޕިޓަލުން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި، އެމަޖެންސީތަކުގައި އަތޮޅު ކައުންސިލުން ހޮސްޕިޓަލަށް ފޯރުކޮށްދެވިދާނެ އެހީތަކާއި ބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވަފައެވެ.

މިބައްދަލުވުމުގައި އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން، ކައުންސިލް އިދާރަގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުﷲ އަސްޢަދު، އަދި ޑިރެކްޓަރ އަލްފާޟިލް ޢަލީ އަބޫބަކުރު ބައިވެރިވެވަޑައިގެންނެވިއެވެ.

ފޭސްބުކް