ހދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސަކަށް، އަމީން މުޙައްމަދު އިންތިޚާބު ކުރައްވައިފި

ހދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް ގެ މަޤާމަށް، ހދ.ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީން މުޙައްމަދު އިންތިޚާބު ކުރައްވައިފިއެވެ.

ހދ.އަތޮޅު ކައުންސިލްގެ ނާއިބު ރައީސް އިންތިޚާބު ކުރައްވާފައިވަނީ، 01 ޖުލައި 2021 ގައި ބޭއްވުނު، ކައުންސިލްގެ 04 ވަނަ ދައުރުގެ 05 ވަނަ ޢާންމު ބައްދަލުވުމުގައެވެ.

ނާއިބު ރައީސްގެ މަޤާމަށް އަލްފާޟިލް އަމީން މުޙައްމަދު އިންތިޚާބު ވެފައިވަނީ ކައުންސިލްގެ 14 މެންބަރުންގެ ތެރެއިން 8 ވޯޓު ލިބިވަޑައިގެންނެވެ. މިއިންތިޚާބުގައި އަމީން މުޙައްމަދާ ވާދަކުރެއްވި، ހދ.ކުރިނބީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު އަސްލަމަށް ލިބިވަޑައިގެންނެވީ 6 ވޯޓެވެ.

ފޭސްބުކް