ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ހދ. އަތޮޅު އޮޑިޝަން ފަށައިފި
ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ހދ. އަތޮޅުން ބައިވެރިވާ ދަރިވަރުން ހޮވުމަށް ބާއްވާ އޮޑިޝަން ފަށައިފިއެވެ.
މިއަދުން ފެށިގެން 4 ދުވަހުގެ މުއްދަތަށް އޮންލައިންކޮށް ކުރިޔަށް ގެންދާ މިއޮޑިޝަންގައި ކުޅުދުއްފުށީ ސިޓީގެ އިތުރުން ހދ. އަތޮޅުގެ 10 ރަށުން 13 ސްކޫލަކުން 131 ދަރިވަރުން ބައިވެރިވެފައި ވެއެވެ.
މިއޮޑިޝަންގައި ފަނޑިޔާރުކަން ކޮށްދެއްވަނީ އަލްޤާރީ މުޙައްމަދު ޢާމިރު އަދި އަލްޤާރިޔާ ޢާއިޝަތު ޖައުޝަން ޢިމާދެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ހދ. އަތޮޅުން ނުބަލާކިޔެވުމުގެ ބައިން 10 ދަރިވަރުން އަދި ބަލައިގެން ކިޔެވުމުގެ ބައި 20 ދަރިވަރުން ބައިވެރިވާނެއެވެ.