ހދ. އަތޮޅު ކައުންސިލުން ނޭކުރެންދޫއަށް ޒިޔާރަތް ކުރައްވައިފި

ހދ.އަތޮޅު ކައުންސިލަށް އަލަށް އިތިޚާބުވި ކައުންސިލަރުން ތަޢާރަފްވުމާއި ރަށުގެ ޙާލަތު ބަލާލުމަށް ހދ. އަތޮޅު ކައުންސިލުން ނޭކުރެންދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ.

19 ޖުލައި 2017 ގައި ނޭކުރެންދޫއަށް ކުރެއްވި މިދަތުރުގައި ކައުންސިލްގެ ރައީސާއި ނާއިބުރައީސްގެ އިތުރުން، 4 މެމްބަރުންނާއި ހދ.އަތޮޅު ކައުންސިލްގެ ޒިންމާދާރުވެރިޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިދަތުރުގައި ނޭކުރެންދޫގައި ހުރި ސަރުކާރުގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް އެތަންތަނުގެ ޙާލަތު އަތޮޅު ކައުންސިލުން ވަނީ ބައްލަވާލައްވާފައެވެ. މިގޮތުން ޒިޔާރަތްކުރި މުއައްސަސާތަކުގެ ތެރޭގައި ނޭކުރެންދޫ ކައުންސިލްގެ އިދާރާ، ނޭކުރެންދޫ ސިއްޙީމަރުކަޒު، ނޭކުރެންދޫ މަދަރުސާ، ނޭކުރެންދޫ ޕޮލިސް ސްޓޭޝަން އަދި ފެނަކަ ނޭކުރެންދޫ ބްރާންޗު ހިމެނެއެވެ.

މިދަތުރުގައި ހދ.އަތޮޅު ކައުންސިލުން ނޭކުރެންދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުން ބާއްވާފައިވަނީ 19 ޖުލައި 2017 ދުވަހުގެރޭ 8:45 ގައި ނޭކުރެންދޫ ކައުންސިލް އިދާރާގެ ހޯލުގައެވެ. މިބައްދަލުވުމުގައި އަތޮޅުކައުންސިލްގެ މެމްބަރުން ތައާރަފްވުމުގެ އިތުރުން އަތޮޅުކައުންސިލްގެ މަސައްކަތްތަކާ ގުޅޭގޮތުން އަތޮޅުކައުންސިލްގެ ރައީސް ވާހަކަ ދެއްކެވިއެވެ. އަދި ރައްޔިތުންކުރި ސުވާލުތަކަށް އަތޮޅު ކައުންސިލްގެ ފަރާތުން ޖަވާބުދެއްވިއެވެ.

ނޭކުރެންދޫގައި މަސައްކަތްކުރާ ސިވިލްސަރވިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ހދ.އަތޮޅުކައުންސިލްގެ ޒިންމާދާރުވެރިޔާ ވަނީ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ސިވިލްސަރވިސް ޤަވާއިދާއި، ސްޓްރެސް މެނޭޖްމަންޓާ ގުޅޭގޮތުން މި ތަމްރީން ޕްރޮގްރާމްގައި މައުލޫމާތު ދީފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *