ކައުންސިލްގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންވެގެންވާ، އަތޮޅު ކައުންސިލްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް؛


1. ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްޤީ ގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން

2. ރަށުކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލް ތައް ހިނގާނުހިނގާގޮތް ބެލުން.

3. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްއަށް ލިބިދިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޙްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫއުތައް ރަށު ކައުންސިލްތަކުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތްބަލައި އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާ ގުޅޭ ގަވާއިދު ހެދުން.

4. އިދާރީ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ނިންމަންޖެހޭ ކަންކަން ނިންމުން.

5. އިދާރި ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތަށް ބެލެހެއްޓުން.

6. ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަތަން ތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

7. އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެން ފަރާތްތަށް ކުއްޔަށް ދިނުމާއި ދޫކުރުން.

8. ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނުނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނި ތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކި އެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތަށް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑް އުފެއްދުން

9. ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާ ފައިސާހޯދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކި އެކި މާލީ ސެކިއުރިޓީތަށް އެކަށައަޅައި އެފަދަ ސެކިއުރިޓީތަށް ސްޓޮކްއެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.

10. އިދާރި ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއި އެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރުން.

11. ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެއިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާއަތުތަށް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.

12. އަތޮޅުކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފީކަނޑައެޅުމާއި ފީނެގުން.

13. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

14. ކައުންސިލްގެ މެމްބަރުން ބަދަލުވާ ހާލަތްތަކުގައާއި ކައުންސިލްގެ ނަންބަދަލުވާ ހާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.

15. ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކާމާއިބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށް ފަހު ބޭނުން ކުރުން.

16. ކައުންސިލް އިދާރާ ހިންގުން.

17. ޤާނޫނު ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.

18. ރަށުކައުންސިލް ތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.