ކައުންސިލްގެ ޚިދުމަތްތައް ހޯދުމުގައި އަމަލު ކުރާނެ ގޮތުގެ ޗާޓަރު
މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 8 ވަނަ މާއްދާއިން އަތޮޅު ކައުންސިލާއި މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޛިންމާތަކާއި އަދި ދޭން ލާޒިމްކޮށްފައިވާ ޚިދުމަތްތައް ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުން ޚިދުމަތް ހޯދާ އެންމެހައި ރައްޔިތުންނަށް އޮޅުމެއްނެތި ސާފުކޮށް އެނގޭނެ މަގެއް ކޮށައި ދިނުމުގެ ބޭނުމުގައި އެކުލަވާލެވިފައިވާ ހދ. އަތޮޅު ކައުންސިލުގެ ޚިދުމަތުގެ މަގެވެ. ނުވަތަ ސާރވިސް ޗާޓަރެވެ.

އަޅުގަނޑުމެންގެ އުންމީދަކީ މި މަގުން މިއިދާރާގެ ޤާނޫނީ ވާޖިބުތަކާއި ޛިންމާތަކާއި ޚިދުމަތްތަކާއި ބެހޭ މަޢުލޫމާތު ސާފުކުރަން ބޭނުންވާ އެންމެހައި ފަރާތްތަކަށް ލިބޭނެ ކަމަށެވެ. އަދި ޚިދުމަތް ދިނުމުގައި ހުރި ދަތިތަކާއި މައްސަލަތައް ޙާއްލު ކުރުމަށް ބޭނުންވާ އާ ޚިޔާލާއި އަދި އިތުރު މަޢުލޫމާތުވެސް ލިބޭނެ ކަމަށެވެ.

ބޭނުންވާ ޚިދުމަތަަށް ކްލިކް ކޮށްލައްވާ


↓ އެއްގަމު ލައިސަންސް ކާޑު އަލަށް ހެއްދުން
މަރުހަލާތައް:

• އެއްގަމު ލައިސަންސަށް އެދޭ ފޯމް ( LL1ފޯމް) ފުރާ ޕޮލިސްތައްގަނޑު ޖެހުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ތިއަރީ ޓެސްޓްގައި ބައިވެރިވުމަށް ފީ (-/100 ރުފިޔާ) ދެއްކުން.
• ތިއަރީ ޓެސްޓްގައި ބައިވެރިވުން.
• ތިއަރީ ޓެސްޓްއިން ފެއިލް ވެއްޖެނަމަ، އަލުން ބައިވެރިވުމަށް ފީ (-/100 ރުފިޔާ) ދެއްކުން.
• ތިއަރީ ޓެސްޓްއިން ފާސްވުމުން، ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުމަށް ނަންނޯޓް ކުރުން.
• ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުން.
• ދުއްވުމުގެ ޓެސްޓްއިން ފެއިލް ވެއްޖެނަމަ، އަލުން ބައިވެރިވުމަށް ފީ (-/100 ރުފިޔާ) ދެއްކުން އަދި ނަންނޯޓް ކުރުން.
• ދުއްވުމުގެ ޓެސްޓްއިން ފާސްވުމުން، ކާޑު ހެއްދުމަށް ފީ (-/350 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• LL1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

• ލައިސަންސްކާޑު ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ އެއްގަމު ލައިސަންސް ކާޑު މުއްދަތުހަމަވެގެން، ހަލާކުވެގެން، މައުލޫމާތުގެ ބަދަލުވެގެން އާކުރުން
މަރުހަލާތައް:

• އެއްގަމު ލައިސަންސަށް އެދޭ ފޯމް ( LL1ފޯމް) ފުރާ ޕޮލިސްތައްގަނޑު ޖެހުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ކާޑު ހެއްދުމަށް ފީ (-/350 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• LL1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ލައިސަންސް ކާޑުގެ ކޮޕީ.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

• ލައިސަންސްކާޑު ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ އެއްގަމު ލައިސަންސް ކާޑު ގެއްލިގެން ހެއްދުން
މަރުހަލާތައް:

• އެއްގަމު ލައިސަންސަށް އެދޭ ފޯމް ( LL1ފޯމް) ފުރާ ޕޮލިސްތައްގަނޑު ޖެހުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ކާޑު ހެއްދުމަށް ފީ (-/350 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• LL1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

ލައިސަންސްކާޑު ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ އެއްގަމު ލައިސަންސަށް ގިންތި އިތުރުކުރުމަށް ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުން އަދި ލައިސަންސް ކާޑު އާކުރުން
މަރުހަލާތައް:

• އެއްގަމު ލައިސަންސަށް އެދޭ ފޯމް ( LL1ފޯމް) ފުރާ ޕޮލިސްތައްގަނޑު ޖެހުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• އިތުރު ކުރަންބޭނުންވާ ކޮންމެ ގިންތިއަކަށް (-/100 ރުފިޔާ) ދެއްކުން.
• ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުމަށް ނަންނޯޓް ކުރުން.
• ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުން.
• ދުއްވުމުގެ ޓެސްޓްއިން ފެއިލް ވެއްޖެނަމަ، އަލުން ބައިވެރިވުމަށް ފީ (-/100 ރުފިޔާ) ދެއްކުން އަދި ނަންނޯޓް ކުރުން.
• ދުވުމުގެ ޓެސްޓްއިން ފާސްވުމުން، ކާޑު ހެއްދުމަށް ފީ (-/350 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• LL1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ލައިސަންސް ކާޑުގެ ކޮޕީ.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

ލައިސަންސްކާޑު ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ ކަނޑު ލައިސަންސް ފޮތް އަލަށް ހެއްދުން
މަރުހަލާތައް:

• ކަނޑު ލައިސަންސަށް އެދޭ ފޯމް ( ML1ފޯމް) ފުރުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުމަށް ނަންނޯޓް ކުރުން.
• ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުން.
• ދުއްވުމުގެ ޓެސްޓްއިން ފާސްވުމުން، ލައިސަންސް ފޮތް ހެއްދުމަށް ފީ (-/25 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• ML1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ނިޔަމި ސެޓްފިކެޓްގެ ކޮޕީ.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ 2ފޮޓޯ.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

ލައިސަންސްފޮތް ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ ކަނޑު ލައިސަންސް ފޮތް މުއްދަތުހަމަވެގެން ނުވަތަ ހަލާކުވެގެން އާކުރުން
މަރުހަލާތައް:

• ކަނޑު ލައިސަންސަށް އެދޭ ފޯމް ( ML1ފޯމް) ފުރުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ލައިސަންސް ފޮތް ހެއްދުމަށް ފީ (-/40 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• ML1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ކަނޑު ލައިސަންސް ފޮތުގެ އަސްލު.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ 2ފޮޓޯ.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

ލައިސަންސްފޮތް ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ ކަނޑު ލައިސަންސް ފޮތް ގެއްލިގެން ހެއްދުން
މަރުހަލާތައް:

• ކަނޑު ލައިސަންސަށް އެދޭ ފޯމް ( ML1ފޯމް) ފުރާ ޕޮލިސްތައްގަނޑު ޖެހުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ލައިސަންސް ފޮތް ހެއްދުމަށް ފީ (-/40 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• ML1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ކަނޑު ލައިސަންސް ފޮތުގެ އަސްލު.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ 2ފޮޓޯ.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

ލައިސަންސްފޮތް ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ ކަނޑު ލައިސަންސް ފޮތަށް ގިންތި އިތުރުކުރުން
މަރުހަލާތައް:

• ކަނޑު ލައިސަންސަށް އެދޭ ފޯމް ( ML1ފޯމް) ފުރުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުމަށް ނަންނޯޓް ކުރުން.
• ދުއްވުމުގެ ޓެސްޓްގައި ބައިވެރިވުން.
• ދުއްވުމުގެ ޓެސްޓްއިން ފާސްވުމުން، ކަނޑު ލައިސަންސްފޮތް ޓްރާންސްޕޯޓް ކައުންޓަރާއި ހަވާލުކުރުން.

:ބޭނުންވާ ލިޔެކިޔުންތައް

• ML1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ނިޔަމި ސެޓްފިކެޓްގެ ކޮޕީ.
• ކަނޑުލައިސަންސް ފޮތުގެ ކޮޕީ.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ 2ފޮޓޯ.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

ލައިސަންސްފޮތް ހަވާލުކުރާ ދުވަހުން ފެށިގެން 7 ދުވަސް


↓ ކަނޑު ލައިސަންސް ފޮތުގެ މައުލޫމާތު ބަދަލުކުރުން
މަރުހަލާތައް:

• ކަނޑު ލައިސަންސަށް އެދޭ ފޯމް ( ML1ފޯމް) ފުރުން.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން، “ދާއިމީ ގޮތެއްގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ” ލިޔުން ހޯދުން.
• ފޯމާއިއެކު ބޭނުންވާ ތަކެތި ހަމަކޮށް ޓްރާންސްޕޯޓް ކައުންޓަރަށް ފޯމު ހުށަހެޅުން.
• ލައިސަންސް ފޮތް ހެއްދުމަށް ފީ (-/25 ރުފިޔާ) ދެއްކުން.

ބޭނުންވާ ލިޔެކިޔުންތައް:

• ML1 ފޯމް.
• މުއްދަތު ހަމަނުވާ އައިޑީކާޑުގެ ކޮޕީ.
• ކަނޑު ލައިސަންސް ފޮތުގެ އަސްލު.
• ނެގިފަހުން ތިންމަސް ހަމަނުވާ ޕާސްޕޯޓްގައި ޖެހުމަށް ކަމުދާ ޕާސްޕޯޓް ސައިޒްގެ 2ފޮޓޯ.
• ހދ.އަތޮޅު ރަށެއްގެ ރައްވެސްސެއް ނޫން ފަރާތެއްނަމަ، ހދ. އަތޮޅުގައި ދިރިއުޅޭ ސަބަބު ބަޔާންކޮށް، ދިރިއުޅޭ ރަށުގެ ރަށުކައުންސިލްއިން ދޫކޮށްފައިވާ ލިޔުން.

މުއްދަތު:

ލައިސަންސްފޮތް ހެއްދުމަށް ފައިސާ ދެއްކި ދުވަހުން ފެށިގެން 7 ދުވަސް


↓ ލޯންޗްގެ ޚިދުމަތަށް އެދުން
މަރުހަލާތައް:

• ސަރުކާރުގެ އިދާރާތަކުން ޖެމްސް މެދުވެރިކޮށް ރެކުއިސްޓް ފޮނުވުން.
• އަމިއްލަ ފަރާތަކުން ނަމަ، އަތޮޅު ކައުންސިލްގެ ލޯންޗް ނަމްބަރު 7338011 އަށް ނުވަތަ 6521645 އަށް ގުޅާލެވިދާނެއެވެ.
• ނުވަތަ [email protected] މެދުވެރިކޮށް ދަތުރު ރެކުއިސްޓް މެއިލް ކުރެވިދާނެއެވެ.

ބޭނުންވާ ލިޔެކިޔުންތައް:

• ސަރުކާރުގެ އިދާރާއަކުން ނަމަ ދަތުރު ރެކުއިސްޓް

މުއްދަތު:

01 ދުވަސް


↓ ސްޓޭޓް ހައުސްގެ އެކޮމޮޑޭޝަން ޚިދުމަތަށް އެދުން
މަރުހަލާތައް:

• ސަރުކާރުގެ އިދާރާތަކުން ޖެމްސް މެދުވެރިކޮށް ރެކުއިސްޓް ފޮނުވުން.
• އަމިއްލަ ފަރާތަކުން ނަމަ، ހދ. އަތޮޅު ސްޓޭޓް ނަމްބަރު 7388018 ނުވަތަ 9771199 ގުޅުއްވުން އެދެމެވެ. ނުވަތަ
• އީ-މެއިލް [email protected] މެދުވެރިކޮށް ރެކުއިސްޓް ފޮނުވުން.

ބޭނުންވާ ލިޔެކިޔުންތައް:

• ސަރުކާރުގެ އިދާރާއަކުން ނަމަ އެކޮމޮޑޭޝަން ރެކުއިސްޓް

މުއްދަތު:

01 ދުވަސް


↓ ޕާރޓީ އަދި ޚަފްލާތަކަށް ސްޓޭޓް ހައުސް ގޯތިތެރެ ދިނުން
މަރުހަލާތައް:

• ސަރުކާރުގެ އިދާރާތަކުން ޖެމްސް މެދުވެރިކޮށް ރެކުއިސްޓް ފޮނުވުން.
• އަމިއްލަ ފަރާތަކުން ނަމަ، ހދ. އަތޮޅު ސްޓޭޓް ނަމްބަރު 7388018 ނުވަތަ 9771199 ގުޅުއްވުން އެދެމެވެ. ނުވަތަ
• އީ-މެއިލް [email protected] މެދުވެރިކޮށް ރެކުއިސްޓް ފޮނުވުން.

ބޭނުންވާ ލިޔެކިޔުންތައް:

• ސަރުކާރުގެ އިދާރާއަކުން ނަމަ ރެކުއިސްޓް

މުއްދަތު:

01 ދުވަސް


↓ ވަޒީފާއަށް އެދި ހުށަހެޅުން
މަރުހަލާތައް:

• ރަސްމީ ދުވަސް ދުވަހު ރަސްމީ މަސައްކަތު ގަޑި ނިމުމުގެ ކުރީން ރިސެޕްޝަނަށް ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުން ނުވަތަ

• ވަޒީފާއަށް އެދި ހުށަހަޅާ ފޯމް [email protected] އަށް މެއިލް ކުރެއްވުން.
• (ސިވިލް ސަރވިސް ވަޒީފާއަށް އެދި ހުށަހަޅާފޯމް (www.haadhaal.gov.mv) އަދި ސިވިލް ސަރވިސް ވެބްސައިޓުންވެސް ލިބެން ހުންނާނެ.)

ބޭނުންވާ ލިޔެކިޔުންތައް:

• ސީވީ
• ތައުލީމީސެޓްފިކެޓްތައް/ ޓްރާންސްކްރިޕް ހުށަހަޅަން ޖެހޭ ލެވެލެގެ ސެޓްފިކެޓް އެއްނަމަ ޓްރާންސްކްރިޕްޓް އާއި އެކު.
• ވަޒީފާއެއްގައި އުޅޭނަމަ އެވަޒީފާގައި އުޅޭ ކަމުގެ ލިޔުން
• މަސައްކަތުގެ ތަޖުރިބާ ލިޔުން
• އައިޑީ ކާޑުގެ ކޮޕީ

މުއްދަތު:

• ފޯމް ބަލައި ގަތުމަށްފަހު ވަޒީފާއަށް އެދި ހުށަހަޅާ ފަރާތަށް ދޫކުރާ ސްލިޕް ވަގުތުން ހަވާލުކުރެވޭނެ ނުވަތަ އެފަރާތަށް މެއިލް ކުރެވޭނެ
• ސުން ގަޑި ހަމަވާތާ ރަސްމީ ފަސް ދުވަހުގެ ތެރޭގައި ސްކްރީނިން ސްކޯ ޝީޓް ކައުންސިލް ވެބްސައިޓް އަދި ނޯޓިސްބޯޑްގައި ޢާންމު ކުރެވޭނެ.
• ސްކްރީނިން މަރުހަލާ ނިމޭތާ 48 ގަޑި އިރު ތެރޭގައި ޕްރެކްޓިކަލް ޓެސްޓާއި ޕްރެޒެންޓޭޝަން އަދި އިންޓަރވިއު އޮންނާނޭ ތާރީހާއި ގަޑި ލިޔުމުން އަންގާނެއެވެ.
• އިންޓަރވިއު ނިންމާތާ ރަސްމީ 3 ދުވަހުގެ ތެރޭގައި A2 ޝީޓް އިދާރާގެ ނޯޓިސް ބޯޑު އަދި ވެބްސައިޓް ގައި ޢާންމު ކުރެވޭނެ.
• A2 ޝީޓް ގައި ލިބިފައިވާ މާކްސް އާއި ދޭތެރޭގައި ހިތްހަމަ ނުޖެހޭނަމަ ޝަކުވާ ހުށަހެޅުމަށް ރަސްމީ ބަންދު ނޫން 3 ދުވަސް ދެވޭނެ އެވެ.
• ޝަކުވާގެ މުއްދަތު ނިމޭތާ 24 ގަޑިއިރު ތެރޭގައި ވަޒީފާއަށް ހޮވޭ ފާރާތަށް ފޮނުވާ “ވަޒިފާ ހުށަހަޅާ ފޯމު” ފޮނުވޭނެއެވެ.
• މަޤާމަށް ޝަރުތު ހަމަނުވާ އަދި އިންޓަރވިއުއަށް ފަހު ނުހޮވޭފަރާތް އެކަން 2 ދުވަހުގެ ތެރޭގައި ލިޔުމުން އެންގޭނެ އެވެ.


↓ ވަޒީފާއާއި ގުޅޭ ޝަކުވާ ހުށަހެޅުން
މަރުހަލާތައް:

ޝަކުވާ ހުށަހަޅާނީ ރިސެޕްޝަންއަށް ނުވަތަ އިދާރާގެ އެޗް.އާރް [email protected] މެއިލް ޝަކުވާ ފޮނުވުން

ބޭނުންވާ ލިޔެކިޔުންތައް:

ޝަކުވާގެ ލިޔުން

މުއްދަތު:

5 ދުވަހުގެ ތެރޭގައި ލިޔުމުން ޖަވާބު އެރުވޭނެ އެވެ.


↓ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދުން
މަރުހަލާތައް:

• މަޢުލޫމާތު ހޯދަން ހުށަހަޅާ ފޯމް ހުށަހެޅުން. އަތޮޅު ކައުންސިލްގެ ރިސެޕްޝަނަށް ނުވަތަ ވެބްސައިޓުން (www.haadhaal.gov.mv) މެދުވެރިކޮށް ލިބިވަޑައިގަންނަވާނެ.
• ފޯމް އިދާރާގެ ރިސެޕްޝަން އަދި [email protected] އަށް ހުށަހެޅުމުން ބަލައިގަނެވޭނެ/ ފޯމް ބަލައި ގަތުމަށްފަހު ހުށަހަޅާ ފަރާތަށް ދޫކުރާ ސްލިޕް ވަގުތުން ހަވާލުކުރެވޭނެ ނުވަތަ އެފަރާތަށް މެއިލް ކުރެވޭނެ.

ބޭނުންވާ ލިޔެކިޔުންތައް:

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތު ހޯދަން އެދޭ ފޯމު

މުއްދަތު:

21 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެ.


ޑައުންލޯޑު: ހދ. އަތޮޅު ކައުންސިލް އިދާރާގެ ސާރވިސް ޗާޓަރ 2021

ޕޭޖް ބެލި ޢަދަދު: ޖުމްލަ 265 , މިއަދު 2 

ފޭސްބުކް